Advertise with us @ info@manadhoolive.com.mv 
Advertise with us @ info@manadhoolive.com.mv 
 

ސްޕްރީމް ކޯޓާއި ހައިކޯޓްގެ ފަނޑިޔާރުން މަދުކުރަން އެމް.ޑީ.ޕީއިން ޤާނޫނަށް އިސްލާހު ހުށަހަޅައިފި

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ބައެއް އިޞްލާޙުތައް ގެނައުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅައިފިއެވެ

.އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ހުށަހެޅި ބިލުގައިވާ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު އެކުލެވިގެންވަނީ، އުއްތަމަފަނޑިޔާރާއި، އެ ކޯޓަށް ޢައްޔަންކުރެވޭ 4 ފަނޑިޔާރުންނާއެކު، ޖުމްލަ 5 ފަނޑިޔާރުންގެ މައްޗަށެވެ. އަދި މިގޮތުގެމަތިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު މި މާއްދާއިން ކަނޑައެޅުމުން ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އުވުނީ ކަމަށް ވެސް މި ބިލުގައިވެއެވެ

.ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ގިނަވެގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ ޢަދަދަށް ސުޕްރީމް ކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް ނިންމަންވާނޭ ކަމަށް ވެސް މި ބިލުގައި ވެއެވެ

.އަދި ހައިކޯޓު އެކުލެވިގެންވަނީ ހައިކޯޓުގެ އިސްފަނޑިޔާރާއި، އެކޯޓަށް ޢައްޔަންކުރެވޭ އިތުރު 6 ފަނޑިޔާރުންނާއެކު ޖުމްލަ 7 ފަނޑިޔާރުންގެ މައްޗަށް ކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަންފަށާ ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި އެ ޢަދަދަށް ހައިކޯޓަށް ފަނޑިޔާރުން ޢައްޔަންކޮށް ނިންމަންވާނޭ ކަމަށް ވެސް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން މިއަދު ހުށަހެޅި ބިލުގައި ވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ! ޚިޔާލް ޕަބްލިޝް ކުރުމުގައި ބަލާ މިންގަޑު

ކިޔުންތެރިން ފޮނުވާ ލިޔުމާއި ޚިޔާލާއި ފޮޓޯއާއި ވީޑިއޯ އާއި އޯޑިއޯ ޕަބްލިޝް ކުރުމުގައި މަނަދޫ ލައިވް އިން ބަލާ މިންގަނޑުތައް

ކިޔުންތެރިން ފާޅުކުރާ ޚިޔާލުތައް ވީހާވެސް އަވަހަކަށް ޝާއިޢުކުރުމަކީ މަނަދޫ ލައިވް އިން އިސްކަންދޭނެ ކަމެކެވެ. މަނަދޫ ލައިވް އިން ޤަބޫލުކުރާ ސުލޫކީ މިންގަނޑުތަކާ ޚިލާފު ޚިޔާލުތައް ޝާއިޢު ނުކުރުމުގެ ހައްގު މަނަދޫ ލައިވްއަށް ލިބިގެންވެއެވެ. މަނަދޫ ލައިވްއަށް ކިޔުންތެރިން ފޮނުވާ ލިޔުމާއި ފޮޓޯއާއި ވީޑިއޯ އަދި އޯޑިއޯގެ ހައްގުވެރިންނަކީ އެލިޔުމެއް ފޮނުވި ފަރާތެކެވެ. އެހެންނަމަވެސް މަނަދޫ ލައިވްއަށް އެ އެއްޗެއް ފޮނުވުމުން، މަނަދޫ ލައިވްގައި ބޭނުން ކުރުމުގެ އިޚްތިޔާރު މަނަދޫ ލައިވްއަށް ލިބިގެންވެއެވެ. މިގޮތަށް ފޮނުވާ ތަކެތި ވާންވާނީ އެފޮނުވާ ފަރާތެއްގެ އަމިއްލަ މިލުކެއް ކަމަށެވެ. ކިޔުންތެރިން ފޮނުވާ ތަކެތީގެ ތެރެއިން މަނަދޫ ލައިވްގައި ޝާއިޢުކުރާނީ އެޑިޓޯރިއަލް ބޯޑުން ބެލުމަށްފަހު، އެ ލިޔުމަކީ، އެކޮމެންޓަކީ، އެ ފޮޓޯއަކީ، އެވީޑިއޯއަކީ، އެ އޯޑިއޯއަކީ ތިރީގައިވާ ކަންތައްތަކާ ޚިލާފުނުވާ އެއްޗެއް ކަމަށްވާނަމައެވެ.
1. އިސްލާމްދީނާއި ޚިލާފު ލިޔުންތަކާއި މަންޒަރުތައް.
2. ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފު ލިޔުންތަކާއި އެފަދަކަމަކަށް ގޮވާލާ ލިޔުންތައް އަދި އެފަދަ މަންޒަރުތައް.
3. ވަކި މީހަކަށް ނޫނީ ވަކި ފަރާތަކަށް ޒާތީގޮތުން ލިޔާ ލިޔުންތަކާއި މީހުންގެ އަބުރާބެހިފައި ލިޔާ ލިޔުންތަކާއި އެފަދަ މަންޒަރުތައް.
4. ބަދުއަޚްލާޤީ ވާހަކަތަކާއި ޖިންސީ ވާހަކަތަކާއި ބޭއަދަބީ ބަހުރުވަ އެކުލެވޭ ލިޔުންތަކާއި އެފަދަ މަންޒަރުތައް.
5. ސާބިތު ނުހިފޭ ދޮގު ވާހަކަތަކާއި ހަގީގަތް އޮޅުވާލުމަށް ހަދާފައިވާ މަންޒަރުތައް.